ޚަބަރު

އަންހެނުންގެ ކޮމިޓީތަކުގެ ހުނަރު އިތުރުކުރަނީ


ހިންގުމުގެ
ދާއިރާގައި އަންހެނުންގެ ކޮމިޓީތަކުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް
ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ނިންމައިފިއެވެ.



ޖެންޑަރ
މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތ.
ވޭމަންޑޫގައި ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އަންހެނުންގެ ތަރައްގީއަށް
މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި ކައުންސިލްގެ މެމްބަރުންގެ ހިންގުމުގެ ހުނަރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ.



އަންނަ އޯގަސްޓް މަހު
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ޤާނޫނުތަކަށް އަހުލުވެރިކޮށް އަންހެނުންގެ
ކޮމިޓީތަކުގައި ގަވާއިދާއި ބެހޭގޮތުންވެސް މައުލޫމާތު ދެވޭނެކަމަށް ޖެންޑަރ
މިނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ބުނީ ފ. އަތޮޅުގައިވެސް މި ޕްރޮގްރާމް މި
އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.