ޚަބަރު

ދީނަށް ފުރައްސާރަކުރި ރުސްތުމް އަނެއްކާވެސް ހައްޔަރުކޮށްކޮށްފި


އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޝޫޢޫރުފާޅުކުރަމުންދާ ރުސްތުމް އަނެއްކާވެސް ހައްޔަރުކޮށްކޮށްފިއެވެ.

ގދ. ތިނަދޫއަށް އުފަން 37 އަހަރުގެ ރުސްތުމް ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަން ފުލުހުންވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މީނާ ހައްޔަރުކުރީ އިސްލާމްދީނަށް ތަހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، މުޖްތަމަޢުގެ ސުލްހަ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީކަމަށެވެ.

ދީނަށް ފުރައްސާރަކޮށް މިނާ ސޯޝަލް މީޑިއާގައި ލިޔަމުންދާ މައްސަލައިގައި މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހު ގދ. ތިނަދޫއިން އޭނާ ހައްޔަރުކޮށް ފުލުހުންވަނީ އެމައްސަލައިގެ ތަޙްޤީގެއްހިންގާފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތަޙްޤީގު ފުރިހަމަކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮީހަށް ހުށައެޅިކަމަށެވެ. އެއާއެކު އެނާ ފުލުހުންގެ ބަންދުން ދޫކޮށް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނުކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މައްސަލަ ކޯޓަށް ހުށައަޅާފައިވަނިކޮށް މި މަހުގެ 9 ވަނަ ދުވަހު އޭނާ ކޯޓުން ދޫކޮށްލިކަން ފުލުހުންވަނީ ހާމަކޮށްފައެވެ. ދޫކޮށްލުމާއެކު އަނެއްކާވެސް މިނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނަށް ފުރައްސާރަކޮށް ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަޖެހޭފަދަ މޭރުމަކުން ވާހަކަދައްކާފައެވެ.

މިއާއެކު އާންމުންގެ ގިނަބަޔަކުދަނީ މީނާ ހައްޔަރުކޮށް އެމައްސަލަ ބެލުމަށް ގޮވާލަމުންނެވެ.