ވިޔަފާރި

ސްރީލަންކާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި


ސްރީލަންކާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފިއެވެ.

މިމަހުގެ އެގާރަވަނަ ވަނަ ދުވަހު ލަންކާއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލި ނަމަވެސް ސްރީލަންކާއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއާއި، ސީޝެލްސް އާއި ސިންގަޕޫރުގެ ރައްޔިތުންނަށް އެޤައުމުން އޮންއަރައިވަލް ވިސާ ދޫކުރިއެވެ.

އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޤައުމުތަކަށް ދެމުންދިޔަ އޮންއެރައިވަލް ވިސާގެ ޚިދުމަތް ސްރީލަންކާއިން މިވަނީ ހުއްޓާލާފައެެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާއި ގުޅިގެން ޤައުމުތަކުންދަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް އޮން އަރިވަލް ވިސާ ދޫކުރުން މެދުކަނޑާލަމުންނެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމެކެވެ. އަދި އެޤައުމުގައި ގާތްގަނޑަކަށް 15،000 ދިވެހިން އަންނަނީ ދިރިއުޅެމުންނެވެ.

ލަންކާ އިން ވަނީ އީރާނާއި އިޓަލީ އާއި ސައުތު ކޮރެއާ އިން އެޤައުމަށް މީހުން އެތެރެވުންވެސް ވަގުތީގޮތުން މަނާކޮށްފައެވެ.