ނާއިބު ރައީސްގެ ކާރުކޮޅަށް ގެއްލުންދިން މީހަކު ހައްޔަރުކޮށް އެމައްސަލަ ބަލަން ފަށައިފިއެވެ.
ނާއިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ ހިލާލީގެ ކައިރީގައި މީހަކު މަސްތުގެ ހާލަތުގައިހުރެ ވެހިކަލްތަކަކަށް ގެއްލުންދޭކަމުގެ ރިޕޯޓް މިއަދު ލިބުމާއި ގުޅިގެން އެސަރަހައަދަށް ފުލުހުން ދިޔައިރު، ހިލާލީގެ ކައިރީގައި ޕާކްކޮށްފައިއޮތް ނާއިބު ރައީސްގެ ކާރުކޮޅުގެ ވައިޕަރ އާއި ނަންބަރު ބޯޑަށް ގެއްލުންދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.