ޚަބަރު

ގއ. ވިލިނގިލީގައި ޒުވާނަކު މަރުވި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރަނީ


ގއ. ވިލިނގިލީގައި ރޭ ފަތިހު ޒުވާނަކު މަރުވި މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރޭ ފަތިހު ފަހެއްޖާހާ އެހާކަށްހާއިރު، ވިލިނގިލީ ހޮސްޕިޓަލަށް 24 އަހަރުގެ ދިވެހި ފިރިހެނަކު ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުން 24 އަހަރުގެ އެޒުވާނާ މަރުވެފައިވަނީ މަސްތުވާތަކެތީގެ ބާވަތަކަށް އޯވަރޑޯޒް ވެގެންނެވެ.

އަދި މިމައްސަލާގައި ހިމެނޭ 4 މީހަކު ވިލިނގިލިން ހައްޔަރުކޮށްފައިވާކަން އެރަށުން ޕީއެސްއެމް ނިއުސްއާ ވާހަކަދެކި މީހަކުވަނީ ބުނެފައެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކުރިންކަން ފުލުހުން ހާމަކުރައްވާފައިނުވެއެވެ.