ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި


އެސްޓީއޯއިން ބާޒާރުގައި ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 53 ލާރި ހެޔޮ ކޮށްފައެވެ. މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް މިގެނައި ބަދާލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ ދިހަ ރުފިޔާ ތިރީސް ނުވަ ލާރިއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ ނުވަ ރުފިޔާ ފަސްދޮޅަސް ލާރި އަށެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ހެޔޮކުރި ހަތަރު ވަނަ ފަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ.