ވިޔަފާރި

މިދިޔަމަހު 8000 އަށްވުރެ ގިނަ ވޯކް ވިސާ ދޫކޮށްފި


މިދިޔަމަހު ރާއްޖޭގައި މަސައްކަތްކުރުމަށް 8000 އަށްވުރެ ގިނަ ބިދޭސީންނަށް ވޯކް ވިސާ ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފެބްރުއަރީމަހުގެ ވިސާއާ ގުޅޭ ތަފާސް ހިސާބުތައް ދައްކާގޮތުން އެމަހު 8733 ވޯކް ވިސާވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި 8572 ވޯކްވިސާ ދޫކޮށްފައިވަނީ މާލެ އިންނެވެ. އަދި ބާކީ 206 ވޯކް ވިސާ ދޫކޮށްފައިވަނީ އިމިގްރޭޝަންގެ ސަރަޙައްދީ އޮފީސްތަކުންނެވެ. ފެބްރުއަރީމަހު 759 ބިޒްނަސް ވިސާވަނީ ދޫކޮށްފައެވެ. އަދި 234 ޑިޕެންޓެންޓު ވިސާ އާއި 71 ސްޓޫޑަންޓު ވިސާ ދޫކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީމަހު ދޫކޮށްފައިވާ ވޯކް ވިސާގެ އަދަދަކީ މިއަހަރުގެ ޖެނުއަރީމަހު ދޫކޮށްފައިވާ 8560 ވޯކް ވިސާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.