ޚަބަރު

ކޯވިޑް-19: މެލޭޝިއާ އިން އައި ދިވެއްސެއްގެ ކިބައިން އަލާމާތްތައް ފެންނާތީ ފަރުކޮޅަށް ގެންނަނީ


މެލޭޝިއާއިން ރާއްޖެއައި ދިވެއްސެއްގެގައިން ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ އޭނާ ކަރަންޓީން ކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލީޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންގެންދާކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އޭނާ ފަރުކޮޅަށް ގެންގޮސް ކަރަންޓީން ކުރަނީ އޭނާގެ ކިބައިން ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނަމުންދާތީ ޓެސްޓް ކުރުމަށް ކަމަށެވެ.

އަދި އޭނާއަކީ، މެލޭޝިޔާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާއި އެކު އެއްއިމާރާތެއްގައި ދިރިއުޅުމަށްފަހު ރާއްޖެއަށް އައިސްފައިވާ މީހެއްކަމުގައިވެސް އެޗްޕީއޭން ވިދާޅުވެފައިވެއެވެ.

މިހާރު ފަރުކޮޅަށް ގެންނަނީ، ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުންނާއި، ބައްޔަށް ޕޮޒިޓިވްވާ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 8 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެއެވެ، އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ބައްދަލުވެ އެވައިރަހުގެ އަލާމާތްތައް ކަމުގައި ބެލެވިދާނެ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރި ދެދިވެހިންވެސް އެވައިރަހަށް ނެގަޓިވް ވެފައިވެއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓް --