ވިޔަފާރި

އިންވެސްޓްމެންޓް ފޯރަަމަށް ތައްޔާރުވަނީ


'މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް' ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކާއި އަދި އެ ފޯރަމް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.އިިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެން ގައި ބާއްވާ މި އިވެންޓަކީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށާއި އިންވެސްޓްމަންޓް ފޯރަމް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެކެވެ. އަަންނަ ސެޕްޓެމްބަރ މަހުތެރޭ ޗައިނާގެ ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގެ ސަރުކާރުން އިސް ނަގައިގެން ބާއްވާ ފޯރަމެކެވެ.