ޚަބަރު

ޢުމްރާއަށް ދިޔަ ދިވެހިން އެނބުރި އަންނަން ފަށައިފިި


ރާއްޖެއިން ޢުމްރާއަށް ގޮސްތިބި މީހުން އެނބުރި ރާއްޖެއަންނަން ފަށައިފިއެވެ.

މައްކާގާއި ޢުމްރާކުރުމަށް ގޮސްތިބި ފަރާތްތަކުގެ ތެރެއިން ނަވާ ގުރޫޕްގެ ޙަވާލުގައި ޢުމްރާއަށް ގޮސްތިބި މީހުން އުމްރާގެ އަޅުކަން އަދާކުރުމަށްފަހު މިއަދު ހެނދުނު އެގާރަގަޑި ބައި ހާއިރުވަނީ ރާއްޖެ އައިސްފައެވެ.

ކޯވިޑް19 އާ ގުޅިގެން ޑަބްލިއުއެޗްއޯގެ މިންގަނޑުތަކުގައި ވާގޮތުގެ މަތިން މިބަލި ފެނިފައިވާ ޤައުމަކުން ރާއްޖެ އަންނަ މީހުން ރައްކާތެރިވުމުގެ ގޮތުން 14 ދުވަހުގެ މުއްދަތަށް ކަރންޓީންކުރަންޖެހެއެވެ.

ޢުމްރާވެރިން ރާއްޖެ އަންނަން ފަށާފައިވަނީ ކޯވިޑް19އާ ގުޅިގެން ސަޢުދީއަރަބިއްޔާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ. ރޭގެ ވަގުތެއްގައި، މާތްވެގެންވާ މައްކާއިންވެސް ވަނީ ކޯވިޑް19ގެ ކޭސްއެއް ފެނިފައެވެ.