ޚަބަރު

ކޮވިޑް-19: ކަރަންޓީންގެ މުއްދަތު ހަމަވުމުން ދެމީހަކު ދޫކޮށްލައިފި


ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި 2 ދިވެހިން، މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕިއޭއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީންގެ މުދައްތު ހަމަވާއިރު، އެމީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ނަމަ، އަދި ޓެސްޓްގެ ނަތީޖާއިން ޕޮޒިޓިވް ނުވާނަމަ ދޫކޮށްލައެވެ.

ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވުހާން އިން ފެނުނު، ކޮވިޑް-19 ވައިރަހާއި ގުޅިގެން ޗައިނާގެ މެއިންލޭންޑުން އަންނަ މީހުން ރާއްޖެ އެެތެރެވުން މަނާކުރިއެވެ، އަދި ޗައިނާއިން އަންނަ ކޮންމެ ދިވެހިރައްޔިތަކު 14 ދުވަހަށް ކަރަންޓީން ކުރަމުން ގެންގޮސްފައިވެއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓް _

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ، 6 މީހުންނެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ.

ކޮވިޑް-19އަށް ޝައްކުވެގެން މިހާތަނަށް ރާއްޖެއިން 24 ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޓެސްޓްކޮށްފައިވެއެވެ. އަދި ތިން ރިޒޯޓަކަށް އަރައިފޭބުން މަނާކޮށް ރޫމް އައިސޮލޭޝަނާއި ކަރަންޓީގައި މީހުން ބައިތިއްބާފައި ވެއެވެ.