ވިޔަފާރި

އޮންލައިންކޮށް ބިލްތައް ދެއްކުމަށް އިލްތިމާސްކޮށްފި


އޮފީސްތަކަށް ގޮސް ޚިދުމަތްތަކަށް ބިލުތައް ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ބިލުތައް ދެއްކުމަށް ބައެއް ކުންފުނިތަކުން އިލްތިމާސްކޮށްފިއެވެ.

ފެން ބިލާއި ކަރަންޓު ބިލަކީ މަހުންމަހަށް ފައިސާ ދައްކަންޖެހޭ ބިލްތައް ކަމަށްވާއިރު، ފައިސާ ދެއްކުމަށް ކަސްޓަމަރ ސަރވިސް ކައުންޓަރަށް އައުމުގެ ބަދަލުގައި، ކުންފުނީގެ މޯބައިލް އެޕާއި އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބަލާލެވި ކިޔޫގައި މަޑުނުކޮށް ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލަށް ފައިސާ ދައްކާލެވޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ 24 ގަޑިއިރު ގުޅޭ އެކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރަށް، 105އަށް ގުޅުމަށްވެސް އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.