އެމްއޭސީއެލްގެ ވަޒީފާގެ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒްކޮށްގެން އޯޕަން ޑޭއެއް ބާއްވައިފިއެވެ.
އިއްޔެ ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖެހުމާއި ހަމައަށް އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ވޯކް-އިން އިންޓަރވިއު ސެޝަނަށް ގިނަ އަދަދެއް ބަޔަކު ބައިވެރިވެފައިވެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލުން ބުނީ މި ހަރަކާތް ބޭއްވުމުގެ މަޤްޞަދަކީ އެކުންފުނީގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތުދީ ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ.
މިއާއެކު އެކުންފުނިން ހުސްވެފައިވާ ވަޒީފާތަކަށް ޤާބިލް ފަރާތްތައް ހޮވާ ކުންފުންޏަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޤަބޫލްކުރާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީލަކީ 3000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.