ޚަބަރު

ފަތުރުވެރިންނާއި ޢާއްމުންނަށް އުތީމު ގަނޑުވަރު ދައްކާލުން ވަގުތީ ގޮތުން މެދުކަނޑާލައިފި


އުތީމު ގަނޑުވަރު ފަތުރުވެރިންނާއި ޢާއްމުންނަށް ދައްކާލުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. އެގަނޑުވަރު ނިސްބަތްވެ ވަޑައިގަންނަވާ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާނުލްޣަޒީ މުޙައްމަދު ތަކުރުފާނުންލް އައުޒަމް ( ބޮޑު ތަކުރުފަނު ) އާ ބެހޭ ގޮތުން ތާރީޚީ މާއުލޫމާތު ދިނުމާއި ، އަދި މިގަނޑުވަރާ ބެހޭ ގޮތުން މައުލޫމާތު އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް، ދެމުން ދެއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފައިވަނީ ރައްކާތެރިމުގެ ފިޔަވަަޅެއްގެ ގޮތުން ހއ. އުތީމު ގަނޑުވަރުން ދޭ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އުތީމު ގަނޑުވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި، ފަތުރުވެރިންވެސް ޒިޔާރަތްކުރާ މަރުކަޒެކެވެ. ޚާއްސަކޮށް ސްކޫލް ބަންދު ތަކުގައި ގިނަ ރަށްރަށުން އެގަނޑުވަރަށް ޒިޔާރަތް ކުރެއެވެ. މިދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރެއް ކަމުން އުތީމް ގަނޑުވަރަށް ޒިޔާރަށް ކުރުން ވެސް ވަނީ އިތުރުވެފައެވެ. އުތީމު ގަނޑުވަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ އެއްފަހަރާ އެއްތަނަކަށް މީހުން އެއްވެއުޅުމާ ގުޅިގެން މިދުވަސްވަރު ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ނެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުންނާއި، ކައުންސިލްތަކުންނާއި އެކި ފަރާތްތަކުންދަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅެއް އަޅަމުންނެވެ.