ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕް ފަސްކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކުލަބު މޯލްޑިވްސް ކަޕް ފަސްކޮށްފިއެވެ.

މުބާރާތް ފަސްކޮށްފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޯވިޑް-19)ގެ އަސަރު ރާއްޖެއަށްވެސް ކުރުމާއި ގުޅިގެންނެވެ. ކްލަބް މޯލްޑިވްސްއިން ބުނީ މިދުވަސްވަރަކީ ކުޅިވަރު މުބާރާތެއް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު ދުވަސް ވަރަކަށް ނުވާއިރު، ކުޅިވަރަށް ވުރެއް މުހިންމީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަންކަމަށް ކުލަބް މޯލްޑިވްސްއިން ބުނެއެވެ.

ކުލަބް މޯލްޑިވްސް އަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ މުބާރާތަކަށްވާއިރު، މިމުބާރާތް ބެލުމަށާއި ސަޕޯޓް ކުރުމަށް ގިނަ އަދަދެއްގެ މީހުން އެއްތާކަށް ޖަމާވެއެވެ.

ކުލަބް މޯލްޑިވްސްއިން ބުނީ މިދުވަސްވަރު ގިނަ އަދަދެއްގެ މީހުން އެއްތާކަށް ޖަމާވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފައިވާއިރު، މިފަދަ ކަންތަށްތަކުން ދުރުވުމަށް އެންމެ ރަނގަޅު ގޮތަކީ މުބާރާތް ފަސްކުރުންކަމަށް ކުލަބް މޯލްޑިވްސްއިން މަޢުލުމާތުދެވެ.

އެފަރާތުން ބުނީ މުބާރާތް ފަސްކޮށްފައިވަނީ ޖޫންމަހަށްކަމަށެވެ. އަދި ޖޫން މަހުގައި މުބާރާތް ބާއްވާނެ ދުވަހެއް ފަހުން އިޢުލާން ކުރާނެކަމަށްވެސް ކުލަބް މޯލްޑިވްސްއިން މަޢުލުމާތުދެއެވެ.