ސިޔާސީ

ހަމަނުޖެހުން އުފެއްދިދާނެ ކަމަށް ކުރާ އުންމީދު ކުޑަ-އެމްޑީޕީ


ނައިބް ރައީސް ކަމުގެ މަގާމުން މިއަދު ދުރުކުރި ޑޮކްޓަރ ޖަމީލު
ސަލާމަތްކޮށްގެން ސަރުކާރުގެ ތެރޭގައި ހަމަނުޖެހުން އުފެއްދިދާނެ ކަމަށް ކުރެވޭ
އުންމީދު ކުޑަ ކަމަށް  އިދިކޮޅު
އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ. މެމްބަރުން މިހެން ވިދާޅުވީ،
ޑރ.މުހައްމަދު ޖަމީލް އަޙްމަދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމުން
އަޒުލުކުރުމަށް ބޭއްވި ޖަލްސާގައި އެކަމަށް ތާއީދުކޮށް ވާހަކަދައްކަމުންނެވެ.ޑރ. ޖަމީލް މަގާމުން ދުރުކުރުމަށް ބޭއްވި ޖަލްސާގައި
އިދިކޮޅު އެމްޑިޕީގެ ހުރިހާ މެމްބަރުންވެސް ވަނީ އެމައްސަލައަށް ތާއީދުކޮށްފައެވެ. އެމްޑީޕީގެ
މެމްބަރުން ވިދާޅުވީ، ނައިބު
ރައީސަށް އިތުބާރު ނުކުރެވޭ މައްސަލައަށް ދާއިމީ ހައްލެއް ގެންނަންޖެހޭކަމަށާއި، ޑރ.ޖަމީލް
ވަނީ ކޮންމެ ވެރިކަމެއްގައި ވެސް ބޭވަފާތެރިވެފައިކަމަށެވެ. 

މިއީ، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި، ދައުލަތުގެ
ނިޒާމުގެ ހިމާޔަތުގައި ލާ ވޯޓެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. ނައިބު ރައީސަށް
އިތުބާރު ނެތް ކަމަށް ސަރުކާރުން ބުނުމުން ދެން އިދިކޮޅު ޕާޓީން ބުނާނެ އެއްޗެއް
ނޯންނާނެކަމަށާއި، އެމްޑީޕީއަށް ސަރުކާރުގެ
ތެރޭގައި ހަމަނުޖެހުން އުފެއްދިދާނެ ކަމަށް ކުރާ އުންމީދު ވަރަށް ފަނޑު ކަމަށެވެ. އަދި  ޖަމީލް
ސަލާމަތްކުރަން އެމްޑީޕީން ދޭނެ ވޯޓެއް ނޯންނާނެކަމަށްވެސް އެމެމްބަރުން ގެންދެވީ
ވިދާޅުވަމުންނެވެ.

ޑރ. ޖަމީލްގެ އިތުބާރު
ނެތްކަމުގެ ވޯޓުގައި އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ވަނީ އެއްކޮޅަށް
ވޯޓުދީފައެވެ.