ޚަބަރު

ކާޑުގެ ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ - އެސްޓީއޯ


ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާޑުގެ ސްޓޮކް އެބަހުރި ކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމުރު ވިދާޅުވެއްޖެއެެވެ.

އަމްރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީތަކެތި ދަތި ނުވެ ލިބޭނެކަމަށެވެ. އެހެންކަމުން ގިނަ އަދަދަށް ކުއްލިއަކަށް ކާޑުގެ ބާވަތްތައް ގަނެ ޖަމާނުކުރުމަށް އެދޭ ކަމަށެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯއިން ވިއްކާ ހޭންޑް ސެނިިޓައިޒަރއަކީ، ހޮސްޕިޓަލްތަކާއި އެފަދަ އިދާރާތަކަށް ޚާއްސަ ތަކެތި ކަމުން އާއްމުކޮށް އެބާވަތުގެ ހޭންޑްސެނިޓައިޒަރ ވިއްކުން މަޑުޖައްސާލާފައި ވާކަމަށެވެ. އަދި މިވަގުުތު ސާޖިކަލް ފޭސް މާސްކު ވިއްކުންވެސް ވަނީ ކޮންޓްރޯލްކޮށްފައިކަމަށް އަމުރު ވިދާޅުވިއެވެ.

އެހެންނަމަވެސް އާއްމުކޮށް މާސްކު އަޅައިގެން އުޅުމަށް ޑރ ލަފާދެއްވާފައިވާ މީހުންނަށް ދަތިނުވެ މާސްކު ލިބޭނެކަމުގައި އަމްރު ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފްގެ ދައުރަކީ، ސީއެމްބިއުލާންސްގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލައިދިނުން ކަމަށެވެ. މިގޮތުން، އެކަމަށް ބޭނުންވާ ތަކެތި އިންޑިއާއިންވެސް ލިބިފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ދެމީހުން މިހާރު ވަނީ، ފަރުކޮޅުގައި ކަރަންޓީންކޮށްފައެވެ. އަދި އިތުރު 4 މީހެއްގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.