ތަޢުލީމު

އަލަށް އެކުލަވާލެވުނު ޔުނިވަސިޓީ ކައުންސިލްގެ ބައްދަލްވުން


ގައުމީ ޔުނިވަސިޓީގެ ގާނޫނަށް ގެނެވުނު ބަދަލަށްފަހު އަލުން އެކުލަވާލެވުނު ޔުނިވަރސިޓީ ކައުންސިލްގެ ފުރަތަމަ ޖަލްސާގެ ބާއްވައިފިއެވެ.އިއްޔެ ބޭއްވުނު މި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ލަތީފުއެވެ. ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ޖުމްލަ 13 މެމްބަރުން ހިމެނެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މަގާމްތަކާއި، ވޯޓް ލައިގެން އިންތިޚާބް ކުރެވުނު މަގާމްތައް ހިމެނެއެވެ. ވޯޓް ލައިގެން ހަތަރު މަގާމަކަށް މެމްބަރުން އިންތިޚާބް ކޮށްފައިވެއެވެ. އެގޮތުން ފަނަރަ ޖުލައިގައި ބޭއްވުނު ޔުނިވަސިޓީ ކައުންސިލް އިންތިޚާބްގައި ޑީނުންގެ ފަރާތުން ހޮވިފައިވަނީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރުއެވެ. އެކަޑަމިކް ސެނެޓްގެ މެންބަރުންގެ ތެރެއިން ހޮވިފައިވަނީ އައްޝައިޚް ފައްޔާޒް އަލި މަނިކުއެވެ. އަދި ލެކްޗަރަރއިންގެ ތެރެއިން އަބްދުﷲ އަފީފް ހޮވުނު އިރު، ދަރިވަރުންގެ ތެރެއިން ހޮވިފައިވަނީ އަބްދުﷲ ރާޒީއެވެ.