ވިޔަފާރި

އެންޒީން ގޭގެއަށް މަސްދަޅު ކޭސް ފޯރުކޮށްދެނީ


"އެންޒީ ވަރަށް ފައްކާ” ޕްރޮމޯޝަންގެ ދަށުން ރޯދަމަހަށް ޙާއްސަ ޕްރޮމޯޝަންއެއް ފެށުމަށް އެންޒީން ނިންމައިފިއެވެ.

އެންޒީގެ ޕްރޮމޯޝަންގައި ގޭގެއަށް މަސްދަޅު ކޭސް ޑެލިވަރކޮށްދިނުމުގެ ޙިދުމަތްދޭން ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން އެންމެ މަދުވެގެން 13 މަސްދަޅު ގަންނަ ފަރާތްތަކަށް ފްރީ ޑެލިވަރީގެ ޙިދުމަތް ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މާދަމާއިން ފެށިގެން މި ޙިދުމަތް ލިބޭނެ ކަމަށާއި، ޑެލިވާރ ކުރާނީ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެވެ. އެހެންކަމުން ކޮންމެ ފަރާތަކުން، ލޭބަލްކޮޅު ދަޅުން ނައްޓާ ލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރ 5040 އަށް މެސެޖް ކޮށްލެއްވުމުން އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ހަމައެއާއިއެކު ރޯދަ މަހާއި ދިމާކޮށް އިތުރު ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިޔުމަށް އެންޒީއިން ވަނީ ނިންމާފައެވެ.