ކުޅިވަރު

ފީފާގެ އިންތިހާބް ފެބްރުއަރީ މަހު


ފީފާގެ އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީ މަހު
ބާއްވަން ނިންމައިފިއެވެ. ފީފާގެ ރައީސް ކަމަށް އައު ބޭފުޅަކު އިންތިހާބު ކުރަން
ނިންމީ ރައީސް ކަމަށް ސެޕް ބްލެޓަރ ހޮވުނުތާ ހަތަރު ދުވަސް ފަހުން މަޤާމުން
އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. 

އިއްޔަ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސެޕް
ބްލެޓަރ ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ ސައްބީސް ވަނަ ދުވަހު ފީފާގެ
އިންތިހާބް ބާއްވާނެ ކަމަށާއި، ފީފާގެ ރައީސް ކަމަށް ވާދަކުރުމުގެ ފުރުސަތު
ސައްބީސް އޮކްޓޫބަރއާ ހަމަައަށް ލިބޭނެ ކަމަށެވެ. އަންނަ އަހަރު ބާއްވަން އިޢުލާން
ކުރި މިއިންތިހާބުގައި ވާދަނުކުރައްވާނެ ކަންވެސް ނޫސްވެރިންގެ މިބައްދަލްވުމުގައި
ތަކުރާރުކޮށް ބްލެޓަރ ވިދާޅުވިއެވެ. " އަހަރެން އަންނަ އަހަރުގެ އިންތިހާބަކުން ނުފެންނާނެ، އަހަރެން ދުރަށް މިޖެހުނީ ތަންކޮޅެއް ބޮޑު ކަމެއް ކުރަން" ސެޕް ބްލެޓަރ ވިދާޅުވި އެވެ. 

ޒިޔުރިކްގައި ބޭއްވި މި ނިއުސްކޮންފަރެންސް
ފެށުމުގެ ކުރިން އިނގިރޭސި ކޮމީޑިއަން ސިމޯން ބްރެޑްކިން ވަނީ ނިއުސްކޮންފަރެންސް
ހޯލަށް ވަދެ ބްލެޓަރއަށް ފާޑު ވިދާޅުވެ ފޭކް ނޫޓް ތަކެއް ބްލެޓަރއާ ދިމާލަށް
އުކާފައެވެ. މިނިއުސްކޮނެފަރެންސް ފެށުނީ ސެކިއުރިޓީން ބްރެޑްކިން ނެރެ ހޯލް ސާފް
ކުރުމުންނެވެ.

 ސެޕް ބްލެޓަރ ފީފާގެ ރައީސްކަމުން އިސްތިޢުފާ ދިނީ ފީފާގެ ކޮރަޕްޝަންގެ މައްސަލަތަކެއް
ތަހްޤީގް ކުރަން ފެށުމުންނެވެ. ނަމަވެސް ފަހުން ބްލެޓަރ ވަނީ އައު އިންތިހާބެއް
ބޭއްވެންދެން ފީފާގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.