ވިޔަފާރި

މޯލްޑިވިއަންއިން އިތުރު ބޯޓެއް ގެންނަނީ


ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު މަތިންދާ ބޯޓެއް އަންނަ އޮކްޓޫބަރުމަހުގެތެރޭ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.





އައިލެންޑްއޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އަލަށް ގެންނަ ބޯޓަކީ  50 ސީޓްގެ ޑޭޝް 8 މަރުކާގެ ބޯޓެއް ކަމަށާއި، މިބޯޓް
އޮކްޓޯބަރުމަހުގެ ފުރަތަމަ ހަފްތާތެރޭ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ
ކަމަށެވެ.



އަލަށް ގެންނަ ބޯޓާއެކު
މޯލްޑިވިއަންގެ އެއަރ ކްރާފްޓްތަކުގެ އަދަދު ސޯޅަޔަށް އަރާނެއެވެ.





މޯލްޑިވިއަންގެ އެއަރކްރާފްޓް ފްލީޓްގައި މިހާރު 6 ސީޕްލޭން، ޑޭޝް އަށެއް މަރުކައިގެ 7 މަތިންދާ ބޯޓުގެ އިތުރުން
އެއަރބަސް އޭ 320 މަރުކައިގެ ދެ މަތިންދާ ބޯޓު އޮވެއެވެ. ނަޝާތު ވިދާޅުވީ
މިއަހަރު ނިމުމުގެ ކުރިން ސީޕްލޭންގެ ފްލީޓަށްވެސް އިތުރު ދެ ބޯޓް ގެނައުމަށް
މަސައްކަތް ކުރަމުންދާ ކަމަށެވެ.