ވިޔަފާރި

އެއް އަހަރުގެތެރޭ ރާއްޖޭގެ އިންފްލޭޝަން ރޭޓް %1.45 މައްޗަށް


އަހަރުން
އަހަރަށް ބަލާއިރު މިދިޔަ ޖޫންމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް %1.45 އިންސައްތައަށް މަތިވެފައިވާކަމަށް
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ. މިދިޔަ
އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއިމަހަށް ބަލާއިރު އިންފްލޭޝަން ރޭޓް
މައްޗަށް ގޮސްފައިވަނީ %0.47 އަށެވެ.



އަހަރުން
އަހަރަށް އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވާއިރު މިދިޔަމަހުގެ އިންފްލޭޝަން
ރޭޓްވެސް ވަނީ %0.83އަށް އުފުލިފައެވެ.



ތަފާސް
ހިސާބުތަކަށް ބަލާލާއިރު ޖޫންމަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ
ބައިތަކުގެތެރޭގައި މަހުގެ ބާވަތްތަކާއި، ސިއްޙީ ޚިދުމަތުގެ ބައިން ބޭހުގެ
ބާވަތްތަކާއި، ގޭގެ ކުލީގެ ބައި އަދި ވައިގެ މަގުން ބޭރު ޤައުމުތަކަށްކުރާ
ދަތުރުފަތުރުގެ އަގުތަކުގެ އިތުރުން ކާނާގެ ބާވަތްތައް ހިމެނެއެވެ.



ޖޫންމަހު
އަގު ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ސައިކަލާއި، ގޭތެރޭގައި
ހިފާގެންގުޅޭ ސާމާނުގެ ބާވަތްތައް ހިމެނެއެވެ.