އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުން އެ އެރަށެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ އަންނަ ބުދަ ދުވަހުކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެރަށެއްގެ ކައުންސިލަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ގުރުއަތު ނެގުން އޮންނާނީ އެރަށެއްގައިކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ގުރުއަތުނެގުން އޮންނާނީ އެ އަތޮޅެއްގެ ވެރިރަށުގައެވެ، ސިޓީ ކައުންސިލްތަކުގެ ގުރުއަތު ނެގުން އޮންނާނީ އެސީޓީއެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގުރުއަތު ނެގުން އޮންނާނީ ބުދަދުވެހުގެ ހެދުނު 10:00 ފެށިގެން އެރޭގެ ނިޔަލަށެވެ.
އަތޮޅުތައް - ބުދަދުވަހު ހެނދުނު 10:00ގައި
ފުވައްމުލަކު ސިޓީ - ބުދަދުވަހު ހެނދުނު 10:30ގައި
ކުޅުދުށްފުށި ސިޓީ - ބުދަދުވަހު މެންދުރު 14:30ގައި
އައްޑޫ ސިޓީ - ބުދަދަުވަހު ހަވީރު 16:30 ގައި
މާލެ ސިޓީ - ބުދަދުވަހުގެރޭ 21:00 ގައި ( ބާ ޖަމާލުއްދީންގައި )
އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުކުމަށް 2435 މީހަކު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 1817 މީހުން ކުރިމަތިލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައި 269562 މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.