ޚަބަރު

ބްރޯޑްކާސްޓް ލައިސަންސް ހޯދުމުގެ ފުރުސަތު


މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ
ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.



ބްރޯޑްކާސްޓްކުރުމުގެ
ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި
ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ
މިއަދު އެވެ.



 ފޯމް ހުށަހެޅުމުގެ އެންމެ
ފަހު ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ އަށާރަ ވަނަ ދުވަހުގެ ނިޔަލަށެވެ.



މި މުއްދަތުގެ ތެރޭގައި
ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި
ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެގަވައިދާ އެއްގޮތަށް ހުށަހެޅުން
ހުށަހަޅާ ފަރާތްތަކަށް ލައިސަންސް ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ބްރޯޑްކާސްޓިންގ
ކޮމިޝަނުން މައުލޫމާތުދެއްވައެވެ.



ލައިސަންސަށް އެދި ހުށަހަޅާ
ފޯމު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓުންނާއި އޮފީހުން ލިބެން ހުންނާނެއެވެ.