ސިޔާސީ

ނާއިބުރައީސަށް ރުހުން ދިނުމަށް ބާއްވާ ބަހުސް އެއްގަޑިއިރަށް


ރައީސުލްޖުމްހޫރިއްޔާގެ
ނައިބުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅަށް
ރުހުން ދިނުމަށް ބާއްވާ ބަހުސް އެއްގަޑިއިރަށް ކުރިއަށްގެންދާގޮތަށް މަޖިލީހުގެ
ގަވާއިދަށްގެނައިއިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ
ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ގަވާއިދަށް ހުށައެޅުއްވި އެއިސްލާހު
ފާސްވީ ވޯޓުގައިބައިވެރިވި މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ
އަޣްލަބިއްޔަތުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް
ފޮނުއްވާ މައްސަލަތަކުގައި މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ، ނަންފުޅު އެޖެންޑާކޮށް
ކޮމިޓީ ރިޕޯޓް މެމްބަރުންނަށް ފޮނުވާތާ ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމަށެވެ.
ނަމަވެސް މިއަދު ފާސްކުރި އެއިސްލާހުގައި ބުނެފައިވަނީ، ކޮމިޓީ ރިޕޯޓް މެމްބަރުންނަށް
ފޮނުވާ ދުވަހުވެސް އެމައްސަލާގައި ވޯޓަށް އެހޭނެކަމަށެވެ. 

އެހެންކަމުންމާދަމާ
ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ
މައްސަލައާއިމެދު ގޮތެއް ނިންމޭނެއެވެ.