ކުޅިވަރު

ބައިބަލާ މުބާރާތުގެ ދެވަނަ ދުވަހު 10 މެޗް


ބައިބަލާ މުބާރާތުގެ ދެވަނަ ދުވަހު 10 މެޗް
ކުޅެފިއެވެ. ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ ފިތުރު ޢީދަކާ
ގުޅުވައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ދެވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗް
މަސް އޮޑި ޓައިޓެންސްއާ ވާދަކޮށް ސީދާ ދެގޭމުން ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް
ކްލަބެވެ.

 ދެވަނަ މެޗް ޔޭސް އޯ ނޯ ދި ލޮރެންޒޯއާ ވާދަކޮށް ސީދާ ދެގޭމުން
ކާމިޔާބުކުރީ ބީޖީ ޖޫނިއާސްއެވެ. އެލްޓީ ބަނޑޭރި ކޮއްޓާ ވީކޭ ކަންމަތި ވާދަކުރި މެޗް ސީދާ
ދެގޭމުން ބަނޑޭރިކޮށި ކާމިޔާބުކުރިއިރު، އާރުއެލްސީ ނެޓްވޯކްގެ މައްޗަށް ހިޓާޗީ
ކުޑަހެންވޭރު ކުރިހޯދީވެސް ސީދާ ދެގޭމުންނެވެ. ކުޑަހެންވޭރު ލޯލާއާ ބައުސް ޕާކް
ވާދަކުރި މެޗް ގަދަ ހިފުމަކަށް ގޮސް ކުޑަހެންވޭރު ކާމިޔާބުކުރިއިރު، ރެޑްލައިން
ސިޓީ ނިއުޓްރަލް ކްލަބްގެ މައްޗަށް ކުރިހޯދީ ސީދާ ދެގޭމުންނެވެ.

 މުބާރާތުގެ ފަނަރަ
ވަނަ މެޗް ޒެފްރޯލް ގޯޅިއާ ވާދަކޮށް ސީދާ ދެގޭމުން ކާމިޔާބުކުރީ ލޮރެންޒޯ ސްޕޯޓްސް
ކްލަބެވެ. ނަލަނަލަ ވައިކަންމައްޗާއި ޓީނޭޖް ބޯއީސް ވާދަކުރި މެޗް ސީދާ ދެގޭމުން
ނަލަނަލަ ވައިކަންމަތި ކާމިޔާބުކުރިއިރު، ހައްހާ ވައިކަންމައްޗާއި އެލްޓީ އަންޑަރ
ގްރައުންޑްގެ މެޗް ދެގޭމުން ކާމިޔާބުކުރީ އެލްޓީ އަންޑަރ ގްރައުންޑެވެ. މުބާރާތުގެ ދެވަނަ
ދުވަހުގެ ފަހު މެޗް ލޮރެންޒޯ ޕާކާ ވާދަކޮށް ލޮރެންޒޯ ހައިނަސް ކާމިޔާބުކުރީވެސް
ސީދާ ދެގޭމުންނެވެ.

 މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭއިރު،
މިއަހަރުގެ ބައިބަލާ މުބާރާތުގައި ފަންސާސް ތިން ޓީމް ވަނީ ބައިވެރިވެފައެވެ.