ޚަބަރު

އެއްވެސް ޤައުމަކުން އިންތިޚާބަށް އެހީތެރިކަމެއް ނުދޭ: ޓްރަމްޕް


ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ދުނިޔޭގެ އެއްވެސް ޤައުމެއްގެ އެހީތެރިކަން ނުލިބޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެހެން ވިދާޅުވީ މިމަހު ސައްވީހުން ފަންސަވީހަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ނޫސްވަރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެމެރިކާގެ ޖާސޫސީ އޮފިސަރަކު ދާދި ފަހުންވަނީ ޓްރަމްޕަށް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް ރަޝިޔާއިން އެހީތެރިވާކަމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި ތުޚުމަތުކޮށްފައެވެ. އެކަމަށް އަލިއަޅުވާލައްވާ ޓްރަމްޕް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމަށް އެމަނިކުފާނަށް އެއްވެސް ޤައުމެއްގެ އެހީތެރިކަން ބޭނުންފުޅުނުވާކަމަށާއި އެއްވެސް ޤައުމެއްގެ އެހީތެރިކަން ލިބިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، ޓްރަމްޕްވަނީ އެމެރިކާގެ އެންމެ މަތީ ކޯޓުގައި ތިއްބަވާ ލިބެރަލް ވިސްނުމުގެ ދެފަންޑިޔާރަކާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޓްރަމްޕާގުޅޭ އެއްވެސް މައްސަލައެއް ބެއްލެވުމުން ފަންޑިޔާރު ސޯނިއާ ސޮޓަމަޔޯއާއި ފަނޑިޔާރު ރޫތު ބޭޑާރ ގިންސްބާރގް އެކަހެރިވަޑައިގަތުމަށް އޭނާ ގޮވާލެއްވިއެވެ.

އަދި ޓްރަމްޕްގެ ސަރުކާރަށް ފާޑުވިދާޅުވެ ސޮޓަމަޔާ ދާދިފަހުން ދެއްކެވި ވާހަކަތަކީ އެކަށީގެންވާ ވާހަކަތަކެއް ނޫންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.