ކުޅިވަރު

އައިއޯއަައިޖީއަށް ތައްރާތުވުމަށް ގައުމީ ޓެނިސް ޓީމް ލަންކާއަށް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ޓެނިސް ޓީމް
އިތުރު ތަމްރީން ހޯދުމަށް މިއަދު ސްރީލަންކާއަށް ފުރައިފިއެވެ.

 އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި އަލަށް ވާދަކުރާ ގައުމީ ޓެނިސް ޓީމް ލަންކާއަށް މިކުރާ
ދަތުރުގައި އެޓީމް  ލަންކާގެ ޓެނިސް އެސޯސިއޭޝަންގެ  ކުޅުންތެރިންނާއެކު މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް
މޯލްޑިވްސް ޓެނިސް އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. ހަ ކުޅުންތެރިންނާއެކު ފުރި
މިޓީމްގައި ހިމެނެނީ ހަތަރު ފިރިހެން ކުޅުންތެރިންނާ ދެ އަންހެން
ކުޅުންތެރިންނެވެ. 

މިޓީމްގައި ހިމެނޭ ހަތަރު ފިރިހެން ކުޅުންތެރިންނަކީ އަބްދުލް
ފާއިޙް ފަޒީލް، އަލީ ފާރިޝް މުހައްމަދު، ހުސެން ރަބީޢު މުހައްމަދު އަދި މުހައްމަދު
މުސްތަފާއެވެ. އަންހެން ދެ ކުޅުންތެރިންނަކީ އާމިނަތު އިރުފާ މާހިރުއާއި އަޔާނީ މުސާ
ކަލީމް. 

ލަންކާއަށް ގައުމީ ޓެނިސް ޓީމް މިކުރާ ދަތުރުގައި ސިންގަލްސް އަދި
ޓަަބަލްސް މެޗްތަށްވެސް ކުޅުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓެނިސް
އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.  މީގެ އިތުރުން ގައުމީ ހޭންޑްބޯލް
ޓީމްވެސްވަނީ މިއަދު އިތުރު ތަމްރީން ހޯދުމަށް ބަންގްލަދޭޝްއަށް ފުރާފައެވެ.