ޚަބަރު

ބާސްކެޓް ވައިޑީޕީ ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށައިފި


ކުޅުދުއްފުށީގައި ބާސްކެޓްގެ ވައިޑީޕީ ޕްރޮގުރާމެއް ފަށައިފިއެވެ. މިޕްރޮގްރާމްއަކީ ބާސްކެޓް ބޯޅަ ކުޅުންތެރިން އުފައްދައި އެކުޅިވަރު އިތުރަށް ފުޅާކުރުމުގެ ގޮތުން ބާސްކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާއެކެވެ. ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި މި ޕްރޮގުރާމު އިފްތިތާޙުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކުޅުދުއްފުށީ ބުރާންޗު މެނޭޖަރ އައިޝަތު އަބުދުއްރަހީމްއެވެ. އަދި ބީއެމްއެލްއަކީ އެމްބީއޭގެ ޑިވެލޮޕިންގ ޕާޓްނަރުއެވެ. މޯލްޑިވްސް ބާސެކްޓް ބޯލް އެސޯސިއޭޝައިން ބުނީ މިއަހަރު ކުޅުދުއްފުށީގައި ރަސްމީކޮށް ފެށިނަމަވެސް މިދިޔަ ފާއިތުވި ދެ އަހަރުވެސް ބާސްކެޓް ކުޅުންތެރިން އުފެއްދުމަށް ޑަބުލިއުއެސްއޭއާ ގުޅިގެން ކުޅުދުއްފުށީގައި ޕްރޮގުރާމެއް ކުރިއަށްގެންދިޔަ ކަމަށެވެ މި ޕްރޮގުރާމުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްބީއޭ އިން ކުރިއަށްގެންދިޔަ ކޯޗިންގ ކޯސްތަކުން ސެޓްފިކެޓް ހާސިލުކޮށްފައިވާ ތަމްރީން ލިބިފައިވާ ކޯޗުންކަމަށް އެމް ބީ އޭ އިން މަޢުލުމާތުދިނެވެ. އަދި ޑަބުލިއު ސްޕޯޓްސް ޖަމިއްޔާއަކީ އެސޯސިއޭޝަނާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާއެއްކަން އެމްބީއޭއިން ފާހަގަކޮށްފައިވެއެވެ. މި ޕްރޮގުރާމުގައި ތިން ސްކޫލުން 150 އަށްވުރެގިނަ ކުދިން ބައިވެރިވެފައިވާއިރު މި ޕްރޮގުރާމަކީ 10 އަހަރާއި 12 ދެމެދުގެ ކުދިންނަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ޕްރޮގުރާމެއެކެވެ.