ވިޔަފާރި

ފިނޭންސްއިން އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދަނީ


ދައުލަތުގެ ޚަރަދުކުރުމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗަރ ޕޮލިސީ ޔުނިޓެއް ޤާއިމްކޮށް އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޤާމުގެ ޝަރުތުތަކާއި ޒިންމާތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މާޗުމަހުގެ 3 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ފޮނުވުމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.