ވިޔަފާރި

ހަ ރޯދަ ނިމެންދެން ފިހާރަތައް 11 ޖަހަންދެން ހުޅުވާފައި ބަހައްޓަނީ


ހަ ރޯދަ ނިމެންދެން ފިހާރަތައް
ރޭގަނޑު 11 ޖަހަންދެން އަދި ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު 2
ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.



އިކޮނޮމިކް
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ ހަ ރޯދަ އަށް ފަހު
ކުރިއެކޭ އެއްގޮތަށް ފިހާރަތައް ރޭގަނޑު 10ޖަހާއިރު އަދި ހޮޓާ، ރެސްޓޯންޓް
ފަދަ ތަންތަން ދަންވަރު 12 ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށެވެ. އަދި މިއުސޫލާ ޚިލާފުވާ ފަރާތްތައް 200 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް
އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.



މިދިޔަ މާޗު މަހުން
ފެށިގެން ފިހާރަތައް ބަންދުކުރަނީ ރޭގަނޑު 10 އެއް ޖަހާއިރު، އަދި  ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރަނީ
ދަންވަރު 12 ޖަހާއިރުއެވެ.