ވިޔަފާރި

ހިއްސާދާރުންގެ ރަޖިސްޓްރީ ފުރިހަމަކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި


އެމްޓީސީސީގެ ހިއްސާދާރުންގެ ރަޖިސްޓްރީ ފުރިހަމަކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ އެކުންފުނީގެ ގިނަ ޢާންމު ހިއްސާދާރުންނަކީ 1980 ވަނަ އަހަރު ކުންފުނި އުފެދުނުއިރު ހިއްސާ ގަނެފައިވާ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެ ވަޑައިގެންފައިވާ ފަރާތްތަކަމަށެވެ. އަދި ފާއިތުވި 39 އަހަރުގެ ތެރޭގައި އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހަށް ބަދަލު އައުމުގެ އިތުރުން ބައެއް ހިއްސާދާރުން ނިޔާވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެހެންކަމުން ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީ ފުރިހަމަ ކުރުމަށްޓަކައި އެކުންފުނީގެ އެއްވެސް ހިއްސާދާރެއްގެ ފުރިހަމަ ނަމަށް، ދާއިމީ އެޑްރެހަށް، ރަށްވެހިވެފައިވާ ރަށަށް ނުވަތަ ގުޅޭނެ ފޯނު ނަންބަރަށް ބަދަލެއް އައިސްފައިވާނަމަ އެމްޓީސީސީއަށް އެންގުމަށް އެކުންފުނިން ވަނީ އެދިފައެވެ. އެގޮތުން ހިއްސާދާރެއްގެ ފޮޓޯޖެހި ރަސްމީ ލިޔުމަކާއިއެކު ހިއްސާގެ ސެޓްފިކެޓްގެ ކޮޕީ، އަދި ނިޔާވެފައިވާ ހިއްސާދާރެއްނަމަ، ވާރިޘުންގެ ފަރާތުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް، އަންނަމަހުގެ 31 ވަނަ ދުވަހުގެ އެމްޓީސީސީގެ ހެޑް އޮފީހަށް އައިސް ނުވަތަ ކޮމްޕެެނީ ސެކްރެޓަރީއަށް އެޑްރެސްކޮށް މެއިލްއަށް ފޮނުއްވައިގެން އެހިއްސާދާރެއްގެ މަޢުލޫމާތު އަދާހަމަކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.