ވިޔަފާރި

އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފަށަނީ


އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ސްޓްރެޓަޖީ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ އިޢުލާނުގައިވަނީ އައިލެންޑް އޭވިއެޝަންގެ ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުންފުނީގެ ސްޓްރެޓަޖީ ތައްޔާރުކޮށް ތަންފީޒުކުރުމަށްޓަކައި ކޮންސަލްޓަންޓެއް ނުވަތަ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވާކަމަށް ބުނެފައެވެ. އަދި އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް 27 ފެބްރުއަރީގައި ޕްރީ ބިޑް މީޓިންގ އަދި 3 މާޗުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2000 ވަނަ އަހަރު އުފެއްދު އައިލެންޑް އޭވިއޭޝަން ސަރވިސްއަކީ 100 ޕަސަންޓް ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.