ކުޅިވަރު

ބައިބަލާ މުބާރާތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި


މިއަހަރުގެ ބައިބަލާ މުބާރާތް ރައީސުލްޖުމްހޫރިއްޔާ
މިރޭ ފައްޓަވައިދެއްވައިފިއެވެ. ފިޠުރު އީދު ބައިބަލާ މުބާރާތް ސާދަ ސަތޭކަ ތިރީސް
ހައެއް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ
އިތުރުންވެސް ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން
ބައިވެރިވެވަޑައިގެންނެވިއެވެ. 

މިއަހަރުގެ މުބާރާތުގައި ފަންސާސް ތިން ޓީމުން
ވާދަކުރެއެވެ. މުބާރާތުގައި ފަންސާސް ދެމެޗު ކުޅޭނެއެވެ. ޗެމްޕިއަން ޓީމަށް
ކަނޑައެޅިފައިވަނީ އެއްލައްކަ ރުފިޔާއެވެ. 

ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވާ
ގޮތުގައި އޮފިޝަލުނާއެކު މުބާރާތުގައި ބާރަސަތޭކައެއްހާ ޒުވާނުން
ހަރަކާތްތެރިވާނެއެވެ.