ޚަބަރު

ކޮމާންޑާސް ކޮންފަރެންސް 2020 ކާމިޔާބުކަމާއެކު ނިންމާލައިފި


ޤައުމީ ދިފާޢީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޮންފަރެންސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ނިންމުމުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި އިސްލާހީ މަސައްކަތުގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތުން ދިފާޢީ ބާރުގެ ސަފުތަށް ބަދަހިވެ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމާންޑަރސް ކޮންފަރެންސް އަކީ އެމްއެންޑީއެފް އިތުރަށް ތަރައްޤީކޮށް ޒަމާނީ ވަސީލަތްތަކާއެކު ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށްޓަކައި ދިފާޢީ ވަޒީރުގެ އިރުޝާދުފުޅުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮގްރާމެކެވެ. މި ކޮންފަރެންސްގެ ބޭނުމަކީ އެމްއެންޑީއެފްގެ ޤާބިލްކަމާއި ރެޑިނަސް އަދި މިޝަން އިފެކްޓިވްނަސް އިތުރުކުރުމަށްޓަކައި ވަށާޖެހޭ ކޮމާންޑް ފަލްސަފާއެއް ޑިވެލޮޕްކުރުމެވެ.

މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސަރވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އާއި ކުރިމަގަށް އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމާއި ޓެކްޓިކަލް ލެވެލްގައި އޮޕަރޭޝަނަލް އިފެކްޓިވްނަސް އިތުރު ކުރުމާއި އެންލިސްޓަޑް ލީޑަރުންގެ މުހިންމުކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.