ކުޅިވަރު

ކުންފުނިތަކުގެ ކްރިކެޓް ޗެމްޕިއަންކަން އޯސީސީ އިންވެސްޓްމަންޓަށް


ކޯސްޓް ރަމަޟާން ކުރިކެޓް
ކާނިވަލްގައި ހިމެނޭ ކޮމްޕެނީތަކުގެ މުބާރާތުގެ ޗެމްޕިއަންކަން އޯސީސީ
އިންވެސްޓްމަންޓް ހޯދައިފިއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލް
މެޗްގައި ޕޭން އޯޝަން އާއި ވާދަކޮށް ހަތަރު ވިކެޓް މެޗު ކާމިޔާބުކޮށްގެންނެވެ.



މި މެޗްގެ ޓޮސް ދިމާވުމުން ޕޭން އޯޝަން އިން ގަސްދުކުރީ ކުޅޭށެވެ. ޕޭން އޯޝަން ކުޅެން އަރާ އަށް އޯވަރު ހަމަވިއިރު ހަތް  ކުޅުންތެރިން ނުބައިވެގެން ހެދުނީ 100 ލަނޑެވެ. ޖަވާބުގައި އޯސީސީ އިންވެސްޓްމެންޓްސް އިން ކުޅެންއަރާ އަށް ވަނަ އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 103
ލަނޑު ހެދިއެވެ.



މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް
ހޮވުނީ 133 ލަނޑުހެދި އޯސީސީ އިންވެސްޓްމެންޓްސްގެ ޕިޔާލްއެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ 6 ވިކެޓުނެގި
ޓީއެމްއޭގެ އަސްވަރުއެވެ.