ޚަބަރު

ފައުންޑޭޝަން ސްޓޭޖްގައި ތަޢުލީމް ހަރުދަނާކުރުމަށް މިއަހަރު މުހިންމު މަސައްކަތްތަކެއް


ފައުންޑޭޝަން ސްޓޭޖްގައި ތަޢުލީމް ހަރުދަނާކޮށް، މުޅިި ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް އަމާޒުހިފާފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއަ އަރލީ ޗައިލްޑްހުޑް ވޯކްޝޮޕް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ވަނީ ސަރުކާރުން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަނަށްދޭ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިފަހަރު ހިންގި ޕްރޮގްރާމާއެކު މިއަހަރު އެކަނިވެސް ޖުމުލަ 5 ޕްރޮގްރާމެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މީގެ ތެރޭގައި އޯގަނައިޒޭޝަން މާސްޓްރީގެ ކޯސްތަކާއި، މާސްޓްރީ އިން ލޭންގުއޭޖްގެ ކޯސްތައް ހިމެނޭކަމަށެވެ.

" މަސައްކަތު ބައްދަލުވުމަކީ، ސިންގަޕޫރުގެ ޓެރެޝް ފައުންޑޭޝަނާއި އިރުޝާދް ޓްރަސްޓް ގުޅިގެން ކުރިއަށްގެންދިއަ ބައްދަލުވުމެއް. މިފަހަރު ހިންގި ޕްރޮގްރާމާއެކު މިއަހަރު އެކަނިވެސް ޖުމުލަ 5 ޕްރޮގްރާމެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވޭ. މީގެ ތެރޭގައި އޯގަނައިޒޭޝަން މާސްޓްރީގެ ކޯސްތަކާއި، މާސްޓްރީ އިން ލޭންގުއޭޖްގެ ކޯސްތައް ހިމެނޭ." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، ސިންގަޕޫރުގެ ޓެރެޝް ފައުންޑޭޝަންއާއި އިރުޝާދް ޓްރަސްޓް ގުޅިގެން ކުރިއަށްގެންދިއަ ބައްދަަލުވުމެކެވެ. މި ބައްދަލުވުމުގައި ޕްރީސްކޫލް ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރެވޭނެއެންމެ ފަހުގެ ހުނަރުތައް މުދައްރިސުންނަށް ބުނެދީ، ކިޔަވާދިނުން ޒަމާނީކުރުމުގައި މުދައްރިސުންގެ ވިސްނުން ބައްޓަން ކުރަންވީ ގޮތް ވަނީ ބުނެދީފައެވެ. މި ބައްދަލުވުމުގައި ކ، ވ ދ އަދި މާލޭގެ ޕްރީ ސްކޫލް ޓީޗަރުން ވަނީ ބައިވެރިވެފައެވެ.