ވިޔަފާރި

ޓްރެވަލް ލައިފް ގޯލްޑް އެވޯޑް ސެޓިފިކެޓް ކުރުނބާ މޯލްޑިވްސް އަށް


ތިމާވެއްޓާއި
ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރާ
ފަރާތްތަކަށްދޭ ޓްރެވަލް ލައިފް ގޯލްޑް އެވޯޑް ސެޓްފިކެޓް ކުރުނބާ މޯލްޑިވްސް އަށް
ލިބިއްޖެއެވެ.



މި
ސެޓްފިކެޓަކީ ޓްރެވަލް ލައިފް އިން ކަނޑައަޅާ 150 ކްރައިޓީރިއާއެއް
ފުރިހަމަ ކުރުމުން ލިބޭ ސެޓްފިކެޓެކެވެ.



ޓްރެވަލް
ލައިފް އިން ކަނޑައަޅާ ކްރައިޓީރިއާ ތަކުގެ ތެރޭގައި ތިމާވެށި
ހިމާޔަތްކުރުމަށްޓަކައި ކުނި ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމާއި، ކަރަންޓް ޚަރަދު
ކުޑަކުރުމާއި، މުޖްތަމަޢާ ގުޅިގެން މަސައްކަތް ކުރުމާއި މުވައްޒަފުން ގެ
ލާބަޔަށް މަސައްކަތް ކުރުން ހިމެނެއެވެ.



ކުރުނބާ
މޯލްޑިވްސް އިން މި އެވޯޑް ހޯދުމަށްޓަކައި ރިސޯޓް ވަށައިގެން ހަރުކޮށްފައި ހުންނަ
ލައިޓްތައް ވަނީ ލެޑް ލައިޓަށް ބަދަލުކޮށް، ކުނި މެނޭޖްކުރުމަށްޓަކައި
ރިސޯޓްގައި ހަރުދަނާ ނިޒާމެއް ޤާއިމްކޮށްފައެވެ. އަދި ތިމާވެއްޓާއި ގުޅޭގޮތުން އާއްމުން
ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތަކެއްވެސް އެ ރިސޯޓްގެ ފަރާތުން އިސްނަގައިގެން
ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދިރުވާ
އާލާކުރުމަށްޓަކައި ރިސޯޓްގައި ގެސްޓުންނަށް ޚާއްސަކޮށްގެން ދިވެހި ކެއުންތައްވެސް އަންނަނީ ބާއްވަމުންނެވެ.



1972ވަނަ އަހަރު ހުޅުވިގެން ދިޔަ
ކުރުނބާ މޯލްޑިވްސް ރިސޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓެވެ.