ޚަބަރު

ރާއްޖެއިން އިންޑޮނޭޝިޔާއަށް ދިޔަ 4 ދިވެއްސަކު އެ ޤައުމުން ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފި


ރާއްޖެއިން އިންޑޮނޭޝިޔާއަށް ދިޔަ 4 ދިވެއްސަކު އެ ޤައުމުން ހައްޔަރުކުރިކަން ދިވެހި ފުލުހުން ހާމަކޮށްފިއެވެ.

މި 4 މީހުން ހައްޔަރުކުރި ސަބަބަބު ހާމަނުކުރި ނަމަވެސް ފުލުހުން ވިދާޅުވީ އެއެންމެންވެސް އިއްޔެގެ ވަގުތެއްގައި ދޫކޮށްލުމުން މިހާރު އަނބުރާ ރާއްޖެ އައިސްފައިވާކަމަށެވެ.

ހައްޔަރުކޮށް ދޫކޮށްލި 4 ދިވެހިންގެ ތެރޭގައި ހިމެނެނީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ކަމާބެހޭ އިދާރާތަކާއި ހަވާލާދީ ފުލުހުންނަށް މަޢުލޫމާތުދިނެވެ.

މައުލޫމާތު ލިބިފައިވާގޮތުން މެލޭޝިޔާމަގުން އިންޑޮނޭޝިޔާއަށްދިޔަ މި ހަތަރު ދިވެހިންގެ ތެރޭގައި ރާއްޖޭގައި ހައްދު ފަހަނައަޅުމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތްދީމ ދީނީ ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ބާތިލް ކުރި އިލްމުވެރިޔާ، މުހައްމަދު ހަސަން ހިމެނެއެވެ.