ޚަބަރު

ތާރީޚީ މަޢުލޫމާތުތަކެއް ހޯދަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން ތިލަދުންމައްޗަށް


ރާއްޖޭގެ ޘަޤާފަތާއި އާދަކާދައިގެމައްޗަށް ހަދާ ދިރާސާއަކަށް ތަޖުރިބާ ހޯދުމަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންތަކެއް ތިލަދުންމައްޗަށް ފުރައިފިއެވެ. މިއީ އެސްކޫލުން ކުރިއަށްގެންދާ "ހަރިއްމައިން ބޭރުގެ" ޕްރޮގްރާންގެ ދަށުން ރާއްޖޭގެ ރަށްތަކަށް ކޮންމެ އަހަރަކުވެސް ކުރާ ދަތުރެކެވެ.

ރާއްޖޭގެ ޡަޤާފަތާއި އާދަކާދައާއި ތަރިކައާއި ބަހަރުވައަށް ދަރިވަރުން ހަދާ ދިރާސާއަކަށް ތަޖުރިބާ ހޯދުމަށް ވިލާ ސްކޫލްއިން ކުރާ ދަތުރުގައި އެ ސްކޫލްގެ 25 ދަރިވަރުން ބައިވެރިވެއެވެ. ކްލާސްރޫމްގައި ކިޔަވާ އެއްޗެހީގެ އިތުރަށް އަމަލީ ތަޖުރިބާ ހޯދާ އެތަކެތި ބަލާލުމަށް ލިބޭ މިދަތުރުގައި ތިލަދުންމަތީގެ 14 ރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ތިލަދުންމަތީގައި ހުރި ދިވެހިން ފަޚުރުވެރިވާ ތާރީޚީ މާއްދާތަކާއި ތައް ބަލާ އެތަނާ ގުޅޭ މަޢުލޫމާތު ހޯދާނެކަމަށް އެ ސްކޫލްއިން ބުނެއެވެ. އަދި އެރަށްތަކުގައި ތިބި ދުވަސްވީ މީހުންގެ ވާހަކަތައް އަޑުއެހުމާއި ފޯކްލޯރ ވާހަކަތައް އެއްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އިންޓރަޏޭޝަނަލް އެއަރޕޯޓުގައި ހުރެ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްކޫލްގެ ޕްރިންސްޕަލް ސައީދު އަޙްމަދު ވިދާޅުވީ މި ދަތުރައް ކުދިން ނަގާފައިވަނީ ވަކި އުޞޫލެއްގެ މަތިން ނޫންކަމަށެވެ. ދަތުރުގައ ބައިވެރިވުމަށް އެދޭ ކޮންމެ ކުއްޖަކަށްވެސް އެ ފުރުޞަތު ދެމުންގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ދަތުރުގެ ސަބަބުން މުސްތަޤްބަލުގައި އެކުދިންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ކޮންމެ އހަރަކުވެސް ވިލާ ސްކޫލްއިން ތަޖުރިބާ ހޯދުމަށް ކުރަމުންދާ ދަތުރުތަކުގައި ލިބޭ މަޢުލޫމާތުަތއް މިފަދަ ދަތުރުތަކުގައި ބައިވެރިނުވެވޭ ދަރިވަރުންނަށް ދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން އެސްކޫލްއިން ވަނީ މީގެ ކުރިން އައްޑޫ، ފުވައްމުލައް ލ.އަތޮޅަށްވެސް މިފަދަ ދަތުރުތައް ކޮސްފައެވެ. އަދި ރާއްޖެއިން ބޭރަށް މެލޭޝިޔަ ސިންގަޕޫރަށް ވަނީ ގޮސްފައެވެ. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނީ މިއަހަރު ރާއްޖެއިން ބޭރަށް ދިޔުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިޔާއަށްކަމަށެވެ.