ޚަބަރު

ރައީސްގެ ދެކަނބަލުންގެ ފަރާތުން، ކުޑަކުދިންނަށް ހާއްސަ ސައިފޮދެއް


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތުން މާލޭގެ 4 ސަރަހައްދެއްގައި ކުޑަކުދިިިިިންނަށް ޚާއްސަކޮށްގެން ސައިިފޮދެއް ބާއްވައިިފިިއެވެ.މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ސައިފޮދުގައި ކުޑަކުދިންގެ އިތުރުން ހުރިހާ ފަރާތްތަކަކުންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.މިކަން އިންތިޒާމްކުރި ފަރާތުން ބުނީ ފިތުރު އީދާއި ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވަން ހަމަޖެއްސިެވި ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރިއިރު މިއަދު ހެނދުނު ބާއްވަން އޮތް ރައީސްގެ އީދުގެ ސަލާމް ކުރެއްވުން ވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ. އެހެންނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މޫސުން ތަންދިނުމުން، ފަހުގެ ތާރީޚެއްގައި ވަރަށް ޙާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވަވާނެކަމަށެވެ.