ސިޔާސީ

ރާއްޖޭގެ ޝަރުއީ ދާއިރާގެ ކަންކަމާ ބެހުން ރަނގަޅެއް ނޫން: ފޭސްލީ


ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ކަންތައްތަކާ ނުބެހުމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާއިން ނިންމާކަންކަމަށް ގޮތްކިއުމުގެ ބަދަލުގައި ރާއްޖޭގައި އެކަމަށް ކަނަޑައެޅިފައި އޮންނަ ނިޒާމުގެ ތެރެއިން ކަންތައްތައް ނިންމުމަށް  ފުރުސަތުދެއްވުމަށް އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ  މެންބަރަކު ގޮވާލައްވައިފިއެވެ.  އިނގިރޭސި ވިލާތުގެ ގާނޫނުހަދާމަޖިލީހުގައި ޑިމޮކްރެޓިކް ޔޫނިއެނިސްޓް ޕާޓީއަށް ނިސްބަތްވާ  މެންބަރެއްކަމަށްވާ "އިއާން ފޭސްލީ ޖޫނިއަރ"  މިހެން ވިދާޅުވީ، އެގައުމުގެ ފޮރިންގ އެނޑް ކޮމަންވެލްތް އޮފީހުގެ އޭޝިއާ މނިސްޓަރ ހޫގޯ ސްވެއަރ އާ، ގަނޫނު ހަދާ މަޖިލީހުގައި ކުރެއްވި ސުވާލެއްގައި. އެނާ ބުނެފައިވަނީ، ރައީސް ނަޝީދަށް ރާއްޖެއިން ކޮށްފައިވާ ޝަރީއަތުގައި އިވާފައިވާ ހުކުމަކީ ޖަޖެއް ހައްޔަރުކޮށްގެން އިއްވި ހުކުމެއްކަމަށާއި، އެއީ ސީރިއަސް ކުށަކަށްވާއިރު، އެފަދަ ކަންކަން ކުރުމަކީ އެހެނިހެން ގައުމުތަކުގައިވެސް ވަރަށްބޮޑަށް މަނާކަމެއްކަމަށެވެ.އެހެންކަމުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ރައީސް ނަޝީދުގެ ޝަރީއަތުގެ ކަންކަން ހައްލުކުރުމަށް ފުރުސަތުދޭން ޖެހޭކަން އިއާން ފޭސްލީ ފާހަގަކުރައްވާފައިވެއެވެ. އިނގިރޭސި ވިލާތުގެ ޚާރިޖީ ސިޔާސަތަކަށް ވާންވާނީ ރާއްޖެއާއި ދެމެދު އޮންނަ ދޭދޭ  ގުޅުން ބަދަހިކުރުންކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ރާއްޖެއިން ޔޫރޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހްމަދު ޝިއާން ވިދާޅުވީ މިފަދަ ގޮތަކަށް އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވާހަދެއްކެއްކެވުމަކީ، ފާހަގަކުރެވޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ."މީ ވަރަށް ޕޮޒިޓިވް އިނގޭތޯ. މިހާރު އިއާން ފޭސްލީ ޖޫނިއާސް ކުރެއްވީ ވަރަށް ރަނގަޅު ސުވާލެއް. ހަގީގަތުގައި ރައީސް ނަޝީދުގެ ކުށަކީ ވަރަށް ސީރިއަސް ކުށެއް. އެއީ ޖަޖެއް ހައްޔަރުކޮށް ޣައިރު ގާނޫނީކޮށް ގެންގުޅުމުގެ ކުށް. އެހެންވީމަ މިކަހަލަ ކުށެއްގައި އިއާން ފޭސްލީގެ ޕޮއިންޓް އޮފް ވިއުއަކީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަހަލަ ކުށެއްކޮށްފިއްޔާ ޝަރުއީ ނިޒާމުގެ ތެރެއިން އެއަށް ހައްލެއް އަންނަންޖެހޭނޭ. ޝަރުއީ ނިޒާމްގެ ތެރެއިން އެކަން ކުރިއަށްދާއިރު އެހެން މީސްމީހުން މިކަމާބެހި އެއްޗެހި ބުނުމަކީ  ރަނގަޅުކަމެއްނޫންކަމުގައި"ޝިއާން ވިދާޅުވިއެވެ.