ކުޅިވަރު

ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް


2018ވަނަ އަހަރު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ކްލަބު ވެލެންސިޔާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެއެވެ.

ވެލެންސީޔާ އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ދެވަނަ ޑިވިޝަންގެ ސެމި ފައިނަލްގައި ޖޭޖޭ ސްޕޯޓްސް ކުލަބު ތިނެއް ދޭކުން ބަލިކޮށް ފައިނަލުން ޖާގަ ހޯދުމުންނެވެ. ކުރިން ޤަވާއިދުގައިވާ ގޮތުން ފުރަތަމަ ޑިވިޝަނުން ސީދާ ޖާގަ ލިބޭނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމަށެވެ. ނަމަވެސް ފުރަތަމަ ޑިވިޝަންގެ ނިއުރޭޑިއަންޓާއި ވިކްޓްރީ ސަސްޕެންޑްވެފައި އޮތުމުން ދެވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރާ ދެ ޓީމްވެސް ކޮލިފައިވާ ގޮތަށް މިހާރުވަނީ ޤަވާއިދު ބަދަލުކޮށްފައެވެ.

ވެލެންސީޔާއިން ތިނެއް ދޭކުން ޖޭޖޭގެ މައްޗަށް ކުރި ހޯދި ސެމީ ފައިނަލް މެޗުގައި އެޓީމްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ބިދޭސީ ފޯވަޑް ސެމިއުލްއެވެ. އަނެއް ލަނޑު ޖަހައިދިނީ ހުސައިން ނިޔާޒް މުޙައްމަދުއެވެ. ޖޭޖޭގެ ދެ ލަނޑު ޖަހައިދިނީ އަލީ ނާފިއުއެވެ.

ކުލަބު ވެލެންސިޔާއާއިއެކު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ސުޕަ ޔުނައިޓެޑް ސެމީ ފައިނަލްގައި ނިކުތީ ކުލަބު ޕީކޭއާއި ދެކޮޅަށެވެ. މި މެޗުން ސުޕަ ޔުނައިޓެޑް މޮޅުވީ ދޭއް އެކަކުންނެވެ. ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ ވިހިވަނަ ދުވަހުގެ ރެއެވެ.