ވިޔަފާރި

އެންޒީގެ "ވަރަަށް ފައްކާ" ޕްރޮމޯޝަން ފަށައިފި


މަހުގެ އެކި އުފެއްދުންތައް ބާޒާރަށް ނެރޭ އެންޒީން ވަރަށް ފައްކާގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެންޒީން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެންޒީގެ މަސްދަޅު ގަނެގެން އަގުހުރި އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ނިކަގަސްހިނގުމާއި ބުރުޒުމަގު ކަންމައްޗަށް ވާގޮތަށް ހުޅުވާފައި ހުރި އެންޒީގެ އައު ޝޯވރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ފަށައިދިނީ، ރާއްޖޭގެ މަޝްހޫރު އެތްލީޓް، ހަސަން ސާޢިދުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންޒީގެ އެސިސްޓަންޓް މެނޭޖަރ ސޭލްސް އެންޑް މާކެޓިންގ އަޙްމަދު އަބްދުއްރަހީމް ވިދާޅުވީ، މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ އެންސިސް ފިޝަރީޒްގެ ރާއްޖެ ފެކްޓްރީގައި ތައްޔާރުކޮށް ބަންދުކޮށްފައިވާ މަސްދަޅުތަކުގެ އަޖުމަ ބެލުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުންކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ފެބްރުއަރީ 31 ޖުލައިގެ ނިޔަލަށެވެ. އެންޒީ މަސްދަޅެއް ގަތުމަށްފަހު ދަޅުގެ ލޭބަލް ދަށުގައިވާ ސީރިއަލް ނަންބަރު އެސް.އެމް.އެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އަޙްމަދު ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 10000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ ލިބޭނެއެވެ.

ގްރޭންޑް ލަކީޑޮރޯ ނެގުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ. ގްރޭންޑް ލަކީޑޮރޯގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ 2 ވަނައަށް ހޮވޭ ފަރާތަކަށް 50000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 30000 ރުފިޔާ ލިބޭނެއެވެ. އަދި މީގެއިތުރުން ލޭބަލްގެ ފަހަތުގައި 2 މަސްދަޅުގެ އައިކޮން ދިމާވެއްޖެނަމަ ލޭބަލް ހިފައިގެން އެންޒީގެ ކޮންމެ ފިހާރައަކަށް ދިއުމުން ހިލޭ 2 މަސްދަޅު ލިބޭނެކަމަށް އެންޒީން ބުނެއެވެ.