ވިޔަފާރި

2 ފެއަރއެއްގައި ބެހެއްޓި ރާއްޖޭގެ ސްޓޭންޑްތަކަށް 1 ވަނަ


2 ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުކުރި ސްޓޭންޑްތަކަށް "އެންމެ ރީތި ސްޓޭންޑް"ގެ އެވޯޑު ލިބިއްޖެއެވެ.

ރާއްޖެއަށް އެވޯޑް ލިބިފައިވަނީ އިންޑިޔާގެ ދިއްލީގައި ބޭއްވި ބިޒްނަސް މައިސް އެންޑް ލެޝާރ މާރޓް، ބީ.އެލް.ޓީ.އެމްއާއި ދުބާއީގައި ބޭއްވި ދަ ބްރައިޑް ޝޯވ ދުބާއީގައެވެ.

31 ޖެނުއަރީން ފެބްރުއަރީ 1 ގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދިޔަ ފެއާރއަކީ އިންޑިއާގެ 5.6 މިލިއަން އައުޓް ބައުންޑް ލަގްޒަރީ އަދި މައިސް ފަތުރުވެރިންނަށް އަމާޒުކޮށް ބޭއްވި ފެއަރއެކެވެ. މި ފެއަރއަށް ދިވެހިރާއްޖެއަށް ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ތަފާތު މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށެވެ. އަދި މީގެ އިތުރުން ސްޓޭންޑްގެ ލެޑް ސްކްރީންގައި ރާއެޖޭގެ ތަފާތު މަންޒަރުތަށް ފެންނަ ވީޑިއޯވެސްވަނީ ދައްކުވާލަދީފައެވެ.

ފެބްރުއަރީ ފަހަކުން އަށަކަށް ދުބާއީގައި ބޭއްވި ދަ ބްރައިޑް ޝޯވއަކީ އަލަތު ކައިވެނި ކުރާ މީހުންނަށާއި ފެޝަނަށް ލޯބިކުރާ މީހުންނަށް އަމާޒުކޮށް ދުބާއީގައި ބޭއްވި ފެއަރއެކެވެ. ދުބާއީގައި ކުރިޔަށް ދިޔަ ފެއަރގައި ދިވެހިރައްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ތަފާތު ހަނީމޫން މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށެވެ.

ރާއްޖެއިން ބައިވެރިވި ދެ ފެއަރއަކަށް ތައްޔާރުކުރި ސްޓޭންޑްތަކަށް ރަން ވަނަތައް ލިބިފައިވާއިރު، މީގެކުރިންވެސް ރާއްޖޭގެ ސްޓޭންޑްތަކަށް ރަންވަނަތައް ލިބިފައިވެއެވެ.