ޚަބަރު

އެމްއެންޑީއެފްއިން ކުރިއަށްގެންދިއަ ބޮމްބް ޑިސްޕޯސަލް ޓްރޭނިންގ ކޯހުގެ ފައިނަލް އެކްސަސައިޒްތައް ބާއްވައިފި


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ކުރިއަށްގެންދިއަ ބޮމްބް ޑިސްޕޯސަލް ޓްރޭނިންގ ކޯހުގެ ފައިނަލް އެކްސަސައިޒްތައް ބާއްވައިފިއެވެ.

"ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރެއިނިންގ އެޑްވާންސް ކޯސް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްއަކީ މިމަހުގެ 9 އަކުން 15 އަށް މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު ހެނދުން ހުޅުމާލޭގައި ކުރިއަށްދިޔަ މި ކޯހުގެ އެކްސަސައިޓްތައް ބައްލަވާލެއްވުމަށް ޗީފް އޮޕް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމްލާ ވަނީ ހުޅުމާލެއަށް ޒިޔާރަތް ކުރައްވާފައެވެ. ޗީޕް އޮފް ޑިފެންސް ފޯސްގެ މި ޒިޔާރަތުގައި ކޯސް ކުރިއަށްދާ ގޮތާބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވައި ކޯހުގެ މުދައްރިބުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

އެމާއެންޑީއެފާއި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ މި އެޑްވާންސް ކޯހަކީ، ސިފައިންގެ ހުނަރާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސިފައިންގެ ތެރެއިން އެކުލަވާލި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީން"ގެ ދަށުން ކުރިއަށްގެންދިޔަ ކޯހެކެވެ. މި މަހުގެ 4 ވަނަ ދުވަހު ފެށި މި ކޯހުގެ ނިންމުމުގގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މި ކޯހުގެ ބައިތަށް މާލޭގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކުއާޓާޒް ލ. ކައްދޫގެ އަދި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.