ވިޔަފާރި

އެސްޓީއޯއިން ޑީސަލްގެ އަގުން 30 ލާރި ހެޔޮކޮށްފި


އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ 13 ފެބްރުއަރީ އިން ފެށިގެން އެ ކުންފުނިން ވިއްކާ ޑީސަލްގެ އަގުން 30 ލާރި ހެޔޮކުރާނެކަމަށެވެ.

އެސްޓީއޯއިން މިގެނައި ބަދާލާއެކު 13 ފެބްރުއަރީ އިން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.89ރ އަށެވެ. އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ ތެލުގެ ބާވަތްތައް ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެން ހުރުމަކީ އެކުންފުނީގެ މައިގަނޑު އެއް އަމާޒުކަމަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިދިޔަ އަހަރުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ވަނީ ހެޔޮކޮށްފައެވެ. ފާއިތުވި އަހަރު ސަޢޫދި އަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް ދިން ހަމަލާ އާއި މިއަހަރު މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުން ތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް އެސްޓީއޯއިން ރާއްޖޭގައި ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.