ދުނިޔެ

ފިތުރު ޢީދު ދުވަސް ގިނަ އިސްލާމީ ޤައުމުތަކުގައި ފާހަގަކުރުން


މިއަދަކީ ބަރަކާތްތެރި ފިތުރު އީދު ދުވަސްކަން އިސްލާމީ ގިނަ ޤައުމުތަކުން ވަނީ އިޢުލާންކޮށްފައެވެ. 

މެދުއިރުމައްޗާއި އޭޝިޔާއާއި އެފްރިކާގެ ބައެއް
އިސްލާމީ ގައުމުތަކުން ބުނީ ރޭ ޝައްވާލު މަހުގެ ހަނދު ސާބިތު ވެފައިވާކަމަށެވެ. އަނެއްބައި ގައުމުތަކުން ބުނެފައިވަނީ ފަލަކީ ހިސާބުތައް ދައްކާގޮތުންް
ރޭ ޝައްވާލުމަހުގެ ހަނދު ފެންނާނެތީ މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ފިތްރު
އީދު ދުވަސްކަމަށެވެ. 

މިއަދަކީ ބަރަކާތްތެރި ފިތުރު އީދު ދުވަސްކަން
އިއްލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މިސްރާއި، ސައޫދީ އަރަބިޔާއާއި، އިރާގާއި، ގަލްފުގެ ބައެއް ގައުމުތަކުގެ އިތުރުން މެލޭޝިޔާއާއި، ދިވެހިރާއްޖެވެސް ހިމެނެއެވެ. އިސްލާމީ ނޫންގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޖަމްއިއްޔާ
ޖަމާއަތްތަކުންވެސް ވަނީ މިއަދަކީ ބަރަކާތްތެރި ފިތްރު އީދު ދުވަސްކަން އިޢްލާން
ކޮށްފައެވެ. މީގެތެރޭގައި ރަޝިޔާ، އާއި ޔުރަޕްގެ ގައުމުތަކާއި
އެމެރިކާ ހިމެނެއެވެ.