ޚަބަރު

އެޗްއާރްސީއެމްގެ މަސައްކަތްތަކުގައި އެހީވުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއެކު އެއްބަސްވެއްޖެ


ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެޗްއާރްސީއެމްއިން މަޢުލޫމާތު ދިންގޮތުގައި މި އެއްބަސްވުމުގެ ދަށުން އިންސާނީ ޙައްޤުތައް ދަމަހައްޓާއި ކުރިއެރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މައްސަކަތްތަކުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ފަހުމުނާމާގެދަށުން ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިފިކޭޝަންއާ ގުޅޭގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު)ގެ ޑޭޓާބޭސްއިން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، ކޮމިޝަނަށް އެ މަޢުލޫމާތު ފަސޭހައިން ހޯދުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކުރުމުގެ ހުއްދަ ކޮމިޝަނަށް ދިނުމާއި، މަޢުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މި ފަހުމުނާމާގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާމިނަތު އީނާސްއެވެ. އަދި ޑީ.އެން.އާރގެ ފަރާތުން ސޮއިކުރެއްވީ ޑީ.އެން.އާރގެ ޑިރެކްޓަރ ފަރީދާ ޔޫސުފްއެވެ.