ޚަބަރު

ސްރީލަންކާގެ މިނިވަން ދުވަހުގެ ހަފްލާ ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި


ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ސްރީލަންކަން އެމްބަސީގެ ފަރާތުން ބޭއްވި ހަފްލާ ނައިބު ރައީސް ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސްރީލަންކާގެ 72 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހޮޓެލްޖެންގައި މިރޭ ބޭއްވި ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ރާއްޖެއާ ސްރީލަންކާގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ސަޤާފަތް ދައްކުވައިދޭ ބައެއް ހަރަކާތްތަކާއެކު ކުރިޔަށްދިޔަ މި ޙަފުލާގައި ސްރީލަންކާގެ ހައިކޮމިޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ޙާއްސަ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ސްރީލަންކާއަށް މިނިވަންކަން ލިބުނީ 4 ފެބުރުވަރީ 1948ގައެވެ.

ސްރީލަންކާއާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ.